Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ފެނަކަ މަަރަދޫފޭދޫ ބްރާންޗަށް އިމާރާތެއް ހޯދަނީ

ފެނަކަ ކުންފުނީގެ އައްޑޫ މަރަދޫފޭދޫ ބްރާންޗް ހިންގާނެ އިމާރާތެއް ހޯދަން އިއުލާންކޮށްފި އެވެ.

އެ ކުންފުނިން ބުނީ އިމާރާތެއް ބޭނުން ވަނީ އަހަރު ދުވަހުގެ މުއްދަތަށް ކަމަށެވެ. އެހެންވެ އިމާރާތެއް ކުއްޔަށް ދޫކުރަން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުޅުމުގެ ފުރުސަތު މި މަހުގެ 22 ވަނަ ދުވަހުގެ ހެނދުނު 11:00 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

މިހާރު ފެނަކަ މަރަދޫފޭދޫ ބްރާންޗް ހިންގަމުން އަންނަނީ މަރަދޫގެ ކުލީ އިމާރާތެއްގަ އެވެ.

އެ އަވަށަށް ބްރާންޗް ބަދަލުކުރީ ކުރިން މަރަދޫފޭދޫ ލިންކް ރޯޑްގައި ހިންގަމުން އައި އޮފީސް، ހުރި ތަނުގައި އާ އިމާރާތެއް އެޅުމުގެ މަސައްކަތް ފެށުމާ ގުޅިގެންނެވެ. އެކަމަކު 2020 ގައި ފެށި އެ މަސައްކަތް މިހާރު އޮތީ ކުރިއަށް ނުގޮސް ހުއްޓިފަ އެވެ.