ދޫނިދޫ ކައިރިން ދަތުރުކުރަމުން ދަނިކޮށް އަލިފާން ރޯވި ދޯނީގައި ތިބި 15 މީހުންގެ ތެރެއިން ފަސް މީހަކަށް އަނިޔާވެގެން މާލެ ގެނެސް ފަރުވާދޭން ފަށައިފި އެވެ.
ފުލުހުން ބުނީ އެމީހުންގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި ތިން ބިދޭސީން ކަމަށެވެ. އެމީހުން މާލެ ގެނެސްފައިވަނީ ކުރުނބާ މޯލްޑިވްސްގެ ލޯންޗެއްގަ އެވެ.
ކުރުނބާ މޯލްޑިވްސް ރިސޯޓު ކައިރިން މަސް ދޯންޏެއްގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރުފަހު 2:54 ހާއިރު އެވެ.
އެމްއެންޑީއެފުން ވަނީ މިހާރު އެ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ބުނެފަ އެވެ.