Last Updated: June 8, 07:06
Monday, June 8, 2026
ޚަބަރު

ދިއްފުއްޓަށް ޗުއްޓީއަށް އައި ޓޫރިސްޓަކު އިސްލާމްވެއްޖެ

ކ. ދިއްފުއްޓަށް ޗުއްޓީ ހޭދަކުރުމަށް އައި ޓޫރިސްޓަކު އިސްލާމްވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، އުމުރުން 49 އަހަރުގެ މި އަންހެން ޓޫރިސްޓު އިސްލާމްވީ ދިއްފުށީގެ މިސްކިތެއްގެ ތެރޭގަ އެވެ. އޭނާ އަށް ޝަހާދަތުގެ ދެ ކަލިމަ ލައިދޭތަން ވީޑިއޯއިން ފެނެ އެވެ.

އިސްލާމްވުމާ ގުޅިގެން އޭނާގެ ނަމަކީ މިހާރު ޖަމީލާ އެވެ.

ރާއްޖޭގައި މީގެ ކުރިން ވެސް ޢައިރު މުސްލިމުން އިސްލާމް ދީނަަށް ވަނީ ގަބޫލުކޮށްފަ އެވެ.