Last Updated: June 8, 07:06
Monday, June 8, 2026
ޚަބަރު

29 މިލިއަން ރުފިޔާގެ ޑްރަގްސް އަތުލައިގެންފި

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 29 މިލިއަން ރުފިޔާގެ ޑްރަގްސް ކަސްޓަމްސްއިން އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން ބުނީ ކަނޑުމަގުން ރާއްޖެއަށް ގެނައި މުދާ ޝިޕްމެންޓެއް، މި މަހުގެ 12 ވަނަ ދުވަހު ބަލައިފާސްކުރުމުގެ ތެރޭގައި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. ފުރަތަމަ މަރުޙަލާގެ ޓެސްޓުތަކުން މިތަކެތި ހަޝިޝް އޮއިލްއަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ބަރުދަނުގައި 36.4 ކިލޯގުރާމު ހުރި މި ތަކެތީގެ މަގުމަތީގެ އަގު 29 މިލިއަން ރުފިޔާއަށް ވުރެ އިތުރުވާނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސް އިން ވަނީ މި މައްސަލަ އިތުރަށް ތަޙުޤީޤުކުރުމަށްޓަކައި، އަތުލައިގަތް މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފަ އެވެ.