Last Updated: June 8, 07:06
Monday, June 8, 2026
ޚަބަރު

އަޑިއަށް ދިޔަ ދޯނީގެ ބައިތައް އޮޔާދަނީ، ސަމާލުވޭ!

މަސް ދޯންޏެއްގައި އަލިފާން ރޯވެގެން އަޑިއަށް ދިޔުމުން ބައެއް ތަކެތި އޮޔާ ދާތީ، ދަތުރުވެރިން ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި އެވެ.

އެމްއެންޑީއެފުން ބުނީ 15 މީހުންނާ އެކު ކ. ދޫނިދޫ ކައިރިން ދަތުރުކުރަމުންދިޔަ "ފްރެޝް ފްރޮމް ދަ ސީ" ނަމަކަށް ކިޔާ ކަންކެލި މަސްވެރިކަން ކުރާ ދޯންޏެއްގައި އަލިފާން ރޯވެގެން އަޑިއަށްދިޔުމުން މި ބޯޓާއި ބޯޓުގައި ހުރި ބައެއް ތަކެތި ކ.ދޫނިދޫގެ ހުޅަނގު އުތުރުން 0.38 ނޯޓިކަލް މޭލުން އޮޔާ ދާތީ، ދަތުރުވެރިން ސަމާލުކަން ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.

މި ތަކެތި އޮޔާދާ ކަމަށް ލަފާކުރެވެނީ ހާދިސާގައި ދޯނި އަޑިއަށްދިޔަ ސަރަޙައްދުން ފެށިގެން ދެކުނަށް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ވަނީ ދަތުރުކުރާ ފަރާތްތަކުން މި ކަމަށް ސަމާލުކަން ދިނުމަށާއި އަދި ޚާއްސަކޮށް މި ސަރަހައްދުން ރޭގަނޑު ދަތުރުކުރާނަމަ މިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފަ އެވެ.