Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

އިހަވަންދޫގައި އާ މިސްކިތެއް ހުޅުވައިފި

ހެޔޮ އެދޭ ފަރާތަކުން ހއ. އިހަވަންދޫގައި ބިނާކުރި މިސްކިތް ހުޅުވައިފި އެވެ.

މިސްކިތް ހުޅުވުމަށްޓަަކައި މިއަދު އިހަވަންދޫގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ، މިސްކިތް ހުޅުވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އެވެ. މިސްކިތް ހުޅުވައިދެއްވުމަށްފަހު ވަޒީރު ވަނީ މިސްކިތުގައި އިމާމުވެ މަޣްރިބް ނަމާދު ކުރައްވާފަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި މިސްކިތަކީ އަމިއްލަ ފަރާތެއްގެ ދީލަތި އެހީގައި ބިނާކުރެވުނު މިސްކިތެއް ކަމަށާއި އެއް ފަންގިލާ ހިމެނޭ މި މިސްކިތަކީ 200 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށެވެ.

ރަމަޟާން މަހުގެ ކުރިން 8 މިސްކިތެެއް ހުޅުވުމަށް އިސްލާމިކް މިނިސްޓްރީން އަމާޒު ހިފާފައިވާއިރު، މީގެ ތެރެއިން ބައެއް މިސްކިތްތައް މިހާރު ވަނީ ރަސްމީކޮށް ހުޅުވާފަ އެވެ.