ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް އަލަމާރިއެއް ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދި މައްސަލައެއްގައި ނޭލާލްގެ މީހަކު ހައްޔަރުކޮށްފި އެވެ.
ހައްޔަރުކޮށްފައިވަނީަ ނަކުލް ކޭސީ ކިޔާ 23 އަހަރުގެ މީހެކެވެ.
ފުލުހުން ބުނީ އޭނަ ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުން މި މަހުގެ 7 ގައި ކަމަށެވެ. މި މައްސަލައާ ގުޅިގެން ނަކުލްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލ ްކޯޓަށް ހާޒިރު ކުރުމުން ބަންދަށް 12 ދުވަސް ޖަހާފައިވެ އެވެ.
ފުލުހުން ބުނީ ނަކުލްއާ ގުޅޭ އެފަދަ އެހެން މައްސަލަތަކެއް ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ރާއްޖޭގައި މި ފަހަކަށް އައިސް ސްކޭމްގެ މައްސަލަތައް ވަރަށް ގިނަ އެވެ. އަދި މިފަދަ މައްސަލަތަކުގައި ދިވެހިންނާއި ބިދޭސީން އެކި ފަހަރު މަތިން ހައްޔަރުކޮށްފައިވެ އެވެ.