Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

20 ރ. ގެ އާ ސްޓޮކެއް

ރާއްޖޭގައި ބޭނުން ކުރަމުން އަންނަ ފައިސާ ނޫޓްގެ ތެރެއިން 20ރ. ރުފިޔާގެ ނޫޓް އިގުތިސާދުގެ ތެރޭގައި މަދުވުމާ ގުޅިގެން އަލުން ނެރެފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ "ރަން ދިހަފަހެއް" ނޫޓު ސީރީޒްގެ ނޫޓުތަކުގެ ތެރެއިން 20ރ. ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުން މިއަދު އާ ސްޓޮކެއް ރާއްޖެއަށް ގެނެސްފައިވާ ކަމަށެވެ.

މަރުކަޒީ ބޭންކުން ވަނީ 100ރ. ގެ ނޫޓް ވެސް މަދުވުމާ ގުޅުގެން މި މަހުގެ ކުރީކޮޅު އޭގެ ސްޓޮކެއް ވެސް ނެރެފަ އެވެ.

ސަލާމަތީ ވަރުގަދަ ފީޗާތަކަކާ އެކު ޕޮލިމާކޮށްގެން ތައްޔާރުކޮށްގެން މިހާރު ބޭނުން ކުރަމުން އަންނަނ "ރަންދިހަ ފަހެއް" ނޫޓު ސީރީޒް ބޭނުންކުރަން ފެށީ 2016 ގެ ޖެނުއަރީގަ އެވެ.

މި ނޫޓްތަކުގައި ބައެއް ސެކިއުރިޓީ ފީޗާސްތަކުގެ ތެރޭގައި ނޫޓްތަކަށް އަލްޓްރާ ވައިލެޓް އަލި އެޅުވުމުން ސީރިއަލް ނަމްބަރު ދިއްލޭކަން ފާހަގަކުރެވެ އެވެ. އަދި އާދައިގެ އަލީގައި އެއްކުލައަކުން ފެންނަ ކުރެހުންގަނޑު، ޔޫވީ އަލީގައި ދެ ކުލައަކުން ފެންނަން ހުރެ އެވެ.