ހއ. ކެލާގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ އަމަލީ މަސައްކަތް އިއްޔެ ފައްޓަވައި ދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު ޢަބްދުﷲ ޝަރީފެވެ.
ކެލާގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ ދަށުން ރަށުގެ މައި ހުރިހާ މަގުތަކެއް ހިމެނޭހެން ޖުމްލަ 3.9 ކިލޯމީޓަރުގެ މަގުގައި ފެން ހިންދާ ނިޒާމު ގާއިމުކޮށް ތާރު އަޅައި، މަގުބައްތި ޖަހާނެ އެވެ.
މި މަޝްރޫޢަށް 99 މިލިޔަނަ ށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެ އެވެ.