Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ފިއްލަދޫ މަގުތައް ވެސް ހަދަން ފަށައިފި

ހއ. ފިއްލަދޫގެ މަގުތައް ވެސް ހަދަން ފަށައިފި އެވެ.

މި މަޝްރޫއު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮގަސްޓް 10 ގަ އެވެ.

ފިއްލަދޫގައި ބޭއްވި އިއްތެ ރަސްމިއްޔާތެއްގައި މަގު ހެދުނުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓައިވާ ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ.

މި މަޝްރޫއުގައި ފިއްލަދޫގެ ބޮޑެތި މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމުކޮށް، ތާރު އަޅައި މަގުބައްތި ހަރުކުރާނެ އެވެ. މި މަޝްރޫއު އާރްޑީސީއާ ހަވާލުކުރީ މަސައްކަތް ފަށާތާ ދެ އަހަރުގެ ތެރޭގައި ނިންމާ ގޮތަށް 77.1 މިލިއަން ރުފިޔާއަށެވެ.