Last Updated: June 5, 06:06
Friday, June 5, 2026
ޚަބަރު

ރޯދަ މަހުގެ ރަސްމީ ގަޑި އިއުލާންކޮށްފި

ކުރިއަށް އޮތް ރޯދަ މަހު ސަރުކާރުގެ ރަސްމީ ގަޑި އިއުލާންކޮށްފި އެވެ.

ރައީސް އޮފީހުން މިއަދު ކުރީ އަހަރުތަކާ އެއްގޮތަށް މި އަހަރު ވެސް ރަމަޟާން މަހުގެ ދުވަސްތަކާއި، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 އިން މެންދުރު ފަހު 1:00 އަށް ކަމަށެވެ.

ދެހާސް ބާވީހުނ ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާންމަހުގެ ދުވަސްތަކާއި، ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ވެސް އެއީ އެވެ.

ކަލަންޑަރުގައިވާ ގޮތުން ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މި މަހުގެ 18 ވާ ބުދަ ދުވަހެވެ.

ސަރުކާރުގެ މުވައްޒަފުން އަަޅުކަމުގައި ހޭދަކުރާ ވަގުތު އިތުރުކޮށް ދޭން މަގުފަހިކޮށް ދިނުމުގެ ގޮތުން މި ސަރުކާރުން ވަނީ ރަމަޟާން މަހުގެ ފަހު 10 އަކީ ބަންދު ދުވަސްތަކެއް ކަމަށް ކަނޑައަޅައިފަ އެވެ.