އިއްޔެ މަސްދޯންޏެއްގައި ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން ދިވެއްސަކު ވަރަށް ބޮޑަށް ފިހިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ކ. ދޫނިދޫ ކައިރިން 15 މީހުންނާ އެކު ދަތުރު ކުރަމުން ދަނިކޮށް 'ފްރެޝް ފްރޮމް ދަ ސީ' ދޯނީގައި ރޯވި ހާދިސާގައި ފިގިހެން ފަސް މީހަކު ހޮސްޕިޓަލަށް ގެންދިޔަ އެވެ. އެއީ ދެ ދިވެހިންނާއި ތިން ބިދޭސީއެކެވެ. އައިޖީއެމްއެޗުން ބުނީ އޭގެ ތެރެއިން ތިން ބިދޭސީންގެ ހާލު މިހާރު ރަނގަޅު ކަމަށެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި އެ ހާދިސާގައި ބޮޑެތި އަނިޔާތަކެއް ލިބުނީ ދެ ދިވެއްސަކަށެވެ. އެ ދެ މީހުން އިއްޔެ ގެންދިޔައީ އައިޖީއެމްއެޗަށެވެ. އޭގެ ތެރެއިން އެކަކު ވަރަށް ބޮޑަށް ފިހިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އައިޖީއެމްއެޗުން ބުނި ގޮތުގައި، އެ ހާދިސާގައި ފިހިގެން އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަނީީ ދަނީ 54 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. ނަމަވެސް އޭނަގެ ހާލަތާ ބެހޭ އިތުރު ތަފުސީލެއް ނުދެ އެވެ.
ހާދިސާގައި ފިހުނު ތިން ބިދޭސީންނަަށް ފަރުވާދެމުން އަންނަނީ އޭޑީކޭގަ އެވެ.
މަސްދޯނީގައި އިއްޔެ މެންދުރު ފަހު 2:45 އެހާއިރު ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ހަވީރު 4:46 ހާއިރު ދޯނި ވަނީ އަޑިއަށްގޮސްފަ އެވެ.