ސަތޭކަ އަށް ވުުރެ ގިނަ ޕޮލިސް ސްޓޭޝަނަކަށް އިންޓަނެޓްގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން ފުލުހުންގެ އިދާރާ އިން ބީލަމަށް ހުޅުވާލައިފި އެވެ.
ފުލުހުން ބުނީ އަތޮޅު ތެރޭގައި ފުލުހުންގެ ޚިދުމަތް ގާއިމުކޮށްފައިވާ މަރުކަޒުގެ ތެރެއިން މިހާތަނަށް އިންޓަނެޓްގެ ޙިދުމަތް 105 ތަނެއްގައި އަދި ގާއިމުކުރެވިފައި ނެތް ކަމަށެވެ.
އެހެންވެ އެތަންތަނަށް އެ ހިދުމަތް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 1 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 23 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށެވެ.
މިކަމާ ބެހޭ އިތުރު މައުލޫމާތު މި ނަމްބަރު 9790052 އިން ހޯދޭނެ އެވެ.