Last Updated: June 8, 06:42
Monday, June 8, 2026
ޚަބަރު

ސީޕީ ނަވީން ރިޓަޔާ ކުރައްވަން ނިންމަވައިފި

ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން އެ މަގާމުން ރިޓަޔާކުރައްވަން ނިންމަވައިފި އެވެ.

ޕޮލިސް ކޮމިޝަނަރުކަމާ ނަވީން ހަވާލުވެވަޑައިގެންފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގަ އެވެ. އެ މަގާމުން ނަވީން ރިޓަޔަރ ކުރައްވަން ނިންމަވައި، ސިޓީއަކުން ރަސްމީކޮށް އެކަން މިއަދު ވަނީ އަންގަވާފަ އެވެ. ނަމަވެސް ނަވީން ރިޓަޔާ ކުރައްވަން ނިންމެވި ސަބަބެއް އެނގިފައެއް ނުވެ އެވެ.

ޕޮލިސް ކޮމިޝަނަރު ކަމަށް ނަވީން އައްޔަނު ކުރެއްވީ އެ މަގާމުގައި ކުރިން ހުންނެވި އަލީ ޝުޖާއު މިދިޔަ އަހަރުގެ އޭޕްރީލް މަހު ކުއްލި ގޮތަކަށް މަގާމުން ރިޓަޔަރ ކުރެއްވުމާ ގުޅިގެންނެވެ.

ޝުޖާއު އެ މަގާމުން އިސްތިއުފާ ދެއްވައި ހިދުމަތުން ޝަރަފްވެރިކަމާ އެކު ރިޓަޔާ ކުރެއްވީ މިދިޔަ މެއި މަހު އެވެ.