Last Updated: June 5, 06:06
Friday, June 5, 2026
ޚަބަރު

ކުޅުދުއްފުއްޓަށް އިމިގްރޭޝަންގެ ރީޖަނަލް އޮފީހެއް

އިމިގްރޭޝަންގެ ރީޖަނަލް އާ އޮފީހެއް ކުޅުދުއްފުށީގައި ހުޅުވައިފި އެވެ.

އެތަން މިއަދު ހެނދުނު ހުޅުއްވައި ދެއްވީ، ޑެޕިއުޓީ ކޮންޓްރޯލާ ޖެނެރަލް އަޙްމަދު އަޝްފާނެވެ.

އޭނަ ވިދާޅުވީ، ކުޅުދުއްފުށި ސިޓީގައި ހުޅުވި އިމިގްރޭޝަންގެ އޮފީހާއެކު އެ ސިޓީގައި މަސައްކަތް ކުރާ އޮފިސަރުންނަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ޙައްލެއް ލިބިގެން ދާނެ ކަމަށެވެ. އަދި މީގެ ސަބަބުން މަސައްކަތުގެ މާޙައުލަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ވެސް ވިދާޅުވި އެވެ،

އާ އޮފީހުގެ އެންމެ ބޮޑު އެއް ބޭނުމަކީ ވެސް އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އިމިގްރޭޝަންގެ ޚިދުމަތްތައް ފޯރުކޮށް ދިނުމުގައި އިތުރު ލުއި ފަސޭހަތަކެއް މަގުފަހިކޮށް ދިނުމެވެ.

އިމިގްރޭޝަނުން ވަނީ މިދިޔަ އަހަރުގެ ތެރޭގައި ބ. އޭދަފުށީގެ އިތުރުން އދ. އަތޮޅުގައި ވެސް އިމިގްރޭޝަން އޮފީހެއް ހުޅުވައިފަ އެވެ.

އިމިގްރޭޝަނުން ކުޅުދުއްފުށީގައި ހުޅުވި މި އޮފީހާ އެކު މިހާރު އެ އިދާރާގެ ދެ ރީޖަނަލް އޮފީސް ހުންނާނެ އެވެ. އެއީ އައްޑޫ މަރަދޫގައި ހުންނަ އޮފީހާ އެކީގަ އެވެ.