ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަޒީފާތަކެއް އިއުލާންކޮށްފި އެވެ.
ގައުމީ ބޭންކުން އިއުލާންކުރި ވަޒީފާތަކުގެ ތެރޭގައި ހިމެނެނީ ލީޑް ފައިނޭންޝަލް އެޑްވައިޒަރުންނާއި ސީނިއާ ފައިނޭޝަން އޮފިސަރުންގެ އިތުރުން ފައިނޭންޝަލް އެޑްވައިޒަރުންނެވެ.
މި މަގާމުތަކަށް މީހުން ހޯދަނީ ރާއްޖޭގެ އެކި ހިސާބުތަކަށެވެ. އޭގެ ތެރޭގައި ހިމެނެނީ އައްޑޫ ހުޅުދޫ، ގއ. ގެމަނަފުށި، ލ. ހިތަދޫ، ތ. ވިލުފުށި، ލ. މާވަށް، ހދ. ހަނިމާދޫ، ކަނޑިތީމު، ކުޅުދުއްފުށި، އއ. ތޮއްޑޫ، ރ. އަލިފުށި، ޅ. ހިންނަވަރު އަދި އދ. މާމިގިލި އެވެ.
އެ ރަށްތަކަށް ހޯދާ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައ ވަނީ މި މަހުގެ 19 އާ ހަމައަށެވެ.
ބީއެމްއެލުން ބުނީ މުވައްޒަފުން ހޯދާ މަގާމުތަކަށް އެތަނުގެ ކެރިއާ ޕޯޓަލް މެދުވެރިކޮށް އެޕްލައި ކުރެވޭނެ ކަމަށެވެ.