މި އަހަރުގެ ރޯދަމަހު ޤުރްއާން ހަތިމްކުރުމުގެ ޕްރޮގްރާމެއް ބޭއްވުމަށް ނިންމައިފި އެވެ.
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ބުނި ގޮތުގައި މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ އުމުރުން 13 އަހަރާއި 16 ދެމެދުގެ ފިރިހެން ކުދިންނަށާއި ފަރިތަކަމާއެކު ކީރިތި ޤުރްއާން ބަލައިގެން ކިޔަވަން އެނގޭ ކުދިންނަށެވެ.
މި ޕްރޮގްރާމް ކުރިއަށްދާނީ ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރޯދަމަސް ނިމެންދެންނެވެ.
ކިޔެވުން ކުރިއަށްދާނެ މިސްކިތްތައް:
– މަސްޖިދު ޝަހީދު ޢަބްދުއްރަޙްމާން، މާލެ.
– ސަލްމާނު ރަސްގެފާނު މިސްކިތް، މާލެ.
– މަސްޖިދު ޙަސަން އާދަމް، ހުޅުމާލެ، ފޭސް 2.
މި ޕްރޮގްރާމްގެ ކިޔެވުން އޮންނާނީ މިމަހުގެ 18 އިން 26 އަށް މެންދުރުފަހު 2:15 އިން ދޮޅުގަޑިއިރަށެވެ. އަދި ފެބްރުއަރީ 27 އިން މާޗް 19 އަށް ހެނދުނު 10:00 އިން ފެށިގެން ދޮޅުގަޑިއިރަށެވެ. އަދި ހުކުރު ދުވަހާއި ހޮނިހިރު ދުވަހު މި ޕްރޮގްރާމް ކުރިއަށްދާނީ ހެނދުނު 9:00 އިން ފެށިގެން ދޮޅުގަޑިއިރަށެވެ.
މި ޕްރޮގްރާމްގައި ކޮންމެ މިސްކިތަކުން 20 ޖާގަ ހުޅުވާލާފައިވާއިރު ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި މިމަހުގެ 17 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ގެ ކުރިން ހުށަހަޅަންޖެހެ އެވެ.