މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ މަޓީ) ގެ ޗެއާޕާސަނަކަށް ޗަމްޕާ ހުސައިން އަފީފް އިންތިޚާބުކޮށްފި އެވެ.
ޗަމްޕާ ރިސޯޓްްސްގެ ހިއްސާދާރުންގެ ތެރޭގައި ހިމެނޭ އަފީފް އެ މަގާމަށް އިންތިޚާބުކުރީ ކުރުނބާ މޯލްޑިވްސްގައި އިއްޔެ ރޭ ބޭއްވި މަޓީގެ 36 ވަނަ އަހަރީ އާންމު ޖަލްސާގަ އެވެ.
މަޓީގެ 36 ވަނަ އަހަރީ ޢާންމު ޖަލްސާ ބާއްވާފައި ވަނީ ކުރުނބާ މޯލްޑިވްސްގަ އެވެ.
ކުރިން ވެސް މަޓީގެ އިސް މަގާމުތަކެއް އަދާކުރައްވާފައިވާ އަފީފް ވަނީ ވޭތުވެ ދިޔަ އަހަރުތަކުގައި ޓޫރިޒަމް ދާއިރާ ކުރިއެރުވުމަށް މަޓީން މުހިއްމު ދައުރެއް އަދާކޮށްފައިވާކަން ފާހަގަ ކުރައްވައި، ކުރިއަށް އޮތް ތަނުވައި ވެސް ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
މަޓީގެ ޗެއާޕާސަނަކަށް އަފީފް އިންތިހާބުކުރީ އެ މަގާމުގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނެވި މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އަވަހާރަވުމާ ގުޅިގެން ޗެއާޕާސަންގެ މަގާމު ހުސްކޮށް އޮތުމަށް ފަހު އެވެ.
މަޓީ އަކީ ރާއްޖޭގެ ރިސޯޓްތައް ތަމްސީލްކުރާ މައި ޖަމިއްޔާ އެވެ. އެ ޖަމުއްޔާގެ މެމްބަރުން ޙިއްސާވާ ރިސޯޓުތަކުގެ އަދަދު 100 އަށް ވުރެ ގިނަ އެވެ.