ގއ. ދެއްވަދު އަށް މަސްތުވާތަކެތި އެތެރެކުރި އަންހެނަކު ހައްޔަރުކޮށްފި އެވެ.
ހައްޔަރުކުރީ ތިނަދޫ ސިޓީ އަށް ނިސްބަތްވާ އާއިޝަތު މޫސާ، 34، އެވެ. މި މައްސަލައިގައި އޭނައާ އެކު އެހެން މީހަކު ވެސް ހައްޔަރުކުރި އެވެ. އެއީ ދެއްވަދޫ ގާވިޔާ، މަމްނޫހު ޒާހިރު، 28، އެވެ.

ފުލުހުން ބުނީ މި ދެ މީހުން ހައްޔަރުކުރީ ތިނަދޫން ދެއްވަދު އަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ތުހުމަތު ކުރެވިގެން ދެއްވަދޫ ޕޮލިހުން ހިންގި އޮޕަރޭޝަންގައި މި މަހުގެ 13 ގައި ކަމަށެވެ.
މި މައްސަލައާ ގުޅިގެން ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ދެ މީހުންގެ ބަންދަށް ވެސް 30 ދުވަސް ޖަހާފައިވެ އެވެ.