Last Updated: July 22, 18:06
Thursday, July 23, 2026
ޚަބަރު

ޕަބްލިކް އޯޑާ ޓްރޭނިންގެ އާ ބުރެއް ނިންމާލައިފި

ފުލުހުންގެ 51 ވަނަ ޕަބްލިކް އޯޑަ ޓްރޭނިން ކޯސް ނިންމާލައިފި އެވެ

ކޯސް ނިންމާލުމުގެ ގޮތުން ރޭ ދ. ވާނީ ކެމްޕަހުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުގެ އެގްޒެކެޓިވް ޑައިރެކްޓަރު އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު އަބްދުއްރަޙްމާނެވެ.

މިދިޔަ މަހުގެ 18 އިިން މި މަހުގެ 15 އަށް ވާނީ ކެމްޕަހުގައި ކުރިއަށް ގެންދިޔަ ކޯހުން އެއްވަނަ ހާސިލުކޮށްފައި ވަނީ ކޮންސްޓަބަލް ޢަބްދުލް ޙަސީބެވެ.

ކޯހުގައި ބައިވެރިވި 69 ފުލުހުން ވެސް ވަނީ ކޯހުގެ މިންގަނޑަށް ފާސްވެފަ އެވެ.