Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

ޕިކަޕެއްގެ ދަށުވެ ދުވަސްވީ މީހަކު މަރުވެއްޖެ

ހުޅުމާލޭގައި ޕިކަޕެއް ދަށުވެގެން 60 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ ހުޅުމާލޭ ސަހަރާ ކައިރީގައި އޮތް ޕިކަޕެއްގެ މަސައްކަތެއްގައި އުޅުނު މީހާގެ ގައިމައްޗަށް ޕިކަޕް ވެއްޓިފައިވާކަމުގެ މައުލޫމާތު ލިބުނީ އިއްޔެ ހެނދުނު 11:05 ގައި ކަމަށެވެ.

އެ މީހާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ހާދިސާގައި މަރުވީ އައްޑޫ ހިތަދޫ، މެޑޯޒް، މުހައްމަދު މަނިކު އެވެ. އޭނަގެ ޖަނާޒާ އޮތީ ރޭ އިޝާ ނަމާދަށް ފަހު ހުޅުމާލެ ސަހަރާ މިސްކިތުގަ އެވެ