ހަތަރު އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އައި ފެނަކަ ކޯޕަރޭޝަބންގެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު ގޭބަންދަށް ބަދަލުކޮށްފި އެވެ.
ކުންފުނީގެ ފައިސާއަށް އޭނާ ހިޔާނާތްތެރިވިކަމުގެ ކުށް ސާބިތުވެ، އޭނަ ހަތަރު އަހަރަށް ޖަލަށް ލާން ހުކުމްކުރީ މިދިޔަ ސެޕްޓަމްބަރު މަހު އެވެ.
ސައީދު ގޭބަންދަށް ބަދަލުކޮށްފައި ވަނީ އިއްޔެ އެވެ.
އެނގިފައިވާ ގޮތުގައި އޭނަ ގޭބަންދަށް ބަދަލުކުރީ ސިއްހީ ހާލަތު ވެސް ހުރި ގޮތުންނެވެ. ޖަލަށް ގެންދިޔަ ފަހުން ސައީދުގެ ސިއްހީ ހާލަތު ގޯސްވެގެން، އެކި ފަހަރު މަތިން ޑޮކްޓަރަށް ދައްކާފައިވެ އެވެ.