Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ވޯލްޑް ޓްރެވެލް އެވޯޑްސް މި އަހަރު ރާއްޖޭގައި

ޓޫރިޒަމް ދާއިރާ އިން ދުނިޔޭގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ ވޯލްޑް ޓްރެވެލް އެވޯޑްސް (ޑަބްލިއުޓީއޭ) ގެ މި އަހަރުގެ ހަފުލާ ރާއްޖޭގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި އެވޯޑް ހަފުލާ ރާއްޖޭގައި ބާއްވާނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 27 ގަ އެވެ.

ރާއްޖެ އަކީ ޓޫރިޒަމް ދާއިރާ އިން ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ގައުމެވެ. އެހެންވެ އެ ދާއިރާ އިން ދެވޭ ވޯލްޑް ޓްރެވެލް އެވޯޑްސް މި އަހަރު ރާއްޖޭގައި ބޭއްވުމަކީ މުޅި އެ ސިނާއަތަށާއި ރާއްޖެ އަށް ވެސް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ރާއްޖޭގެ ޓޫރިޒަމް ސިނާއަތުން ފާހަގަކުރެ އެވެ.

މި އަހަރުގެ ވޯލްޑް ޓްރެވެލް އެވޯޑްސްގެ އެކި ކެޓަގަރީތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 22 އާ ހަމައަށް އޮތީ ހުޅުވާލައިފަ އެވެ.

މި އެވޯޑަކީ 1993 އިން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ.