އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ އެކި ދުވަސްމަތިން ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
ހައްޔަރުކޮށްފައި ވަނީ ހމ. ޚައިރާތު، މާލެ، ޢަލީ އަފްލަޙް، 27، އެވެ.
ފުލުހުން ބުނީ އޭނަ ހައްޔަރުކުރީ މި މަހުގެ 11 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ކަމަށާއި. ބަންދާމެ ދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އަފްލަހްގެ ބަންދަށް 30 ދުވަސް ޖަހާފައިވާ ކަމަށެވެ.
އޭނަގެ މައްޗަށް ތުހުމަތު ކުރެވެނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ، ކުއްޖެއްގެ އުމުރުން 14 އަހަރުން ފެށިގެން 16 އަހަރާ ދެމެދު ތަކުރާރުކޮށް އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވުމެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.