Last Updated: June 5, 06:06
Friday, June 5, 2026
ޚަބަރު

ދޮންދަރިއަޔަކަށް އަނިޔާކުރި ފިރިހެނަކު ހައްޔަރުކޮށްފި

ދެކުނުގެ ރަށެއްގައި ދޮންދަރިއަކަށް އަނިޔާކުރި މައްސަލައެއްގައި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ 12 އަހަރުގެ ފިރިހެން ކުއްޖާ އަށް ޖިސްމާނީ އަނިޔާކުރި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 33 އަހަރުގެ މީހެއް ކަމަށެވެ. އޭނަ ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުން މި މަހުގެ 15 ގަ އެވެ.

އެނގިގައިވާ ދޮންދަރި އަށް އަނިޔާކުރި މީހާ ހައްޔަރުކުރީ އެ ކުއްޖާގެ ބައްޕައަށް އެކަން އެނގިގެން، ކުއްޖާގެ ރައްކާތެރި ކަމަށް ފިޔަވަޅުތަކެއް އަޅައި ދިނުމަށާއި އެ މައްސަލަ ބަލައިދިނުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމާ ގުޅިގެންނެވެ.

ދޮންބައްޕަގެ ފަރާތުން ކުއްޖާ އަށް ލިބިފައިވާ އަނިޔާތަކާ ގުޅިގެން ހަށިގަނޑުގެ އެކި ތަންތަނަށް ލިބިފައިވާ ޒަހަމްތައް ފެންނަ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ.

ފުލުހުން ބުނި ގޮތުގައި މައްސަލަ މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.