ޙައްޖާއި ޢުމްރާގެ ކަންކަމާއި، އެހެނިހެން ދާއިރާތަކުން ވެސް އެހީތެރިކަން ފޯރުކޮށް ދިނުމަށް އިސްލާމިކް މިނިސްޓްރީ އާއި ގައުމި އެއާލައިން އޮޕަރޭޓްކުރާ އައިލެންޑް އޭވިއޭޝަން ސާވިސަސް އައިއޭއެސް) ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި އިއްޔެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ. އައިއޭއެސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އެވެ.
މި އެއްބަސްވުމަކީ ޙައްޖާއި ޢުމްރާގެ ކަންކަމާއި އެނޫންވެސް ދާއިރާތަކުން އެއްބާރުލުމާއި އެހީތެރިކަން ދިނުމާއި، ދިވެހި ޙައްޖުވެރިންނާއި ޢުމްރާވެރިންނަށް ފަސޭހަ އަދި އިތުބާރު ހުރި ވައިގެ ދަތުރުފަތުރުގެ ޚިދުމަތެއް ކަަށަވަރު ކުރުމަށާއި، މާލެ އާއި ޖިއްދާއާ ދެމެދު ކުރެވޭ ދަތުރުތައް އިތުރުކޮށް، ޙައްޖުވެރިންނަށާއި ޢުމްރާވެރިންނަށް ލު އިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށްޓަކައި ވެވުނު އެއްބަސްވުމެއް ކަމަށް މިނިސްޓްރީން ބުޏެވެ.
މީގެ އިތުރުން މޯލްޑިވިއަންގެ މުވައްޒަފުންނާއި ދީނީ ކަންކަމާއި ގުޅޭ ތަމްރީނުތައް ފޯރުކޮށް ދިނުމާއި، މިނިސޓްރީން ބާއްވާ ޙައްޖު ޢުމްރާ ކޮންފަރެންސް ފަދަ ހަރަކާތްތަކުގައި މޯލްޑިވިއަންގެ ފުރިހަމަ ބައިވެރިވުން ހޯދުމަކީ ވެސް އެއްބަސްވުމުގެ މަޤުސަދެކެވެ.
މިދިޔަ އަހަރު މޯލްޑިވިއަނުން މީހުން ހައްޖާ އާއި އުމްރާ އަށް ގެންގޮސްފައިވެ އެވެ.