އައްޑޫ ސިޓީ ކައުންސިލްގެ ޑިޖިޓަލް ހަބް ގާއިމުކޮށް ދޭނެ ބަޔަކު ހޯދަން ކައުންސިލުން ބީލަމަށް ހުޅުވާލައިފި އެވެ.
އެތަނުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 5 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މި ބީލަމުގައި ރަޖިސްޓްރީވާން ހުޅުވާލާފައި ވަނީ މި މަހުގެ 25 އާ ހަމައަށެވެ. ރަޖިސްޓްރީ ވާނީ ކުންފުނި ނުވަތަ ވިޔަފާރީގެ ނަމާއި ފޯން ނަންބަރު އަދި މެއިލް މި މެއިލް [email protected] އަށް ފޮނުވައިގެންނެވެ.
ބީލަމާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަނެއް މި މަހުގެ 26 ވަނަ ދުވަހުގެ ހެނދުނު 9:30 ގައި ކައުންސިލް އިދާރާގައި އޮންނާނެ އެވެ.