Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ފުލުހުން ބައިސްކަލު ބައްތި ބަަހައިފި

އދ. އޮމަދޫގައި ބައިސްކަލު ދުއްވާ ކުޑަކުދިންނަށް، ރޯދަ ހަދިޔާގެ ގޮތުގައި ފުލުހުން ބައިސްކަލު ބައްތި ބަހައިފި އެވެ.

މި މަހު 14 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތަކީ ރަމަޟާން މަހު ކުޑަކުދިން މިސްކިތަށް ދިޔުމަށް ބާރު އެޅުމަށާއި ރޭގަނޑުގެ ވަގުތު ތަކުގައި ބައްތި ދިއްލައިގެން ބައިސްކަލު ދުއްވުމަށް ހޭލުންތެރި ކުރުވައި ކުށްމަދު އަމާން ވެއްޓަކަށް ކުޑަކުދީން އަހުލުވެރި ކުރުވައި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގެ ގޮތުންނާއި ކުޑަކުދީންނާއި ފުލުހުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް ފުލުހުންނަށް އެ ކުދީން ކުރާ އިތުބާރު ދެމެހެއްޓުމުގެ ގޮތުން ކުރިއަށްގެން ދިޔަ ހަރަކާތެކެވެ.

މި ހަރަކާތުގައި ރޭގަނޑުގެ ވަގުތުތަކުގައި ބައިސްކަލުގައި ތަންތަނަށް ދާ އިރު ބައްތި ދިއްލައިގެން ދިޔުމަށް ނަސޭހަތްތެރިވެފައިވެ އެވެ. އަދި ބައްތި ނުދިއްލައި ދުއްވުމަކީ މަނާކަމެއް ކަން ބުނެދީފައިވެ އެވެ. މީގެ އިތުރުން ބައިސްކަލު ދުއްވާ އިރު ތިމާ އާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަން ދިނުމަށާއި މި ކަންކަމަށް ސަމާލުކަން ނުދިނުމުން ކުރިމަތިވެދާނެ ނުރައްކާތެރި ހާދިސާތަކުގެ މައުލޫމާތު ވެސް ކުދިންނާ ފުލުހުން ހިއްސާކޮށްފައިވެ އެވެ.

އޮމަދޫ ޕޮލިސް ޕޯސްޓުގެ ފަރާތުން 44 ކުއްޖަކަށް ބައިސްކަލު ބައްތި ހަދިޔާކުރި އެވެ.