Last Updated: June 5, 20:43
Friday, June 5, 2026
ޚަބަރު

ރޯދަ މަހު ޓޫރިސްޓުންނަށް ހިދުމަތް ދިނުމުގައި ފަރުވާތެރިވާން އެދިއްޖެ

ލޯކަލް ޓޫރިޒަމް ހިންގަމުން އަންނަ ރަށްރަށުގައި ރޯދަ މަހު ޓޫރިސްޓުންނަށް ޚިދުމަތް ދިނުމުގައި އިސްލާމީ ވަހުދަތު ދެމެހެއްޓޭނެހެން ކަންކަން އިންތިޒާމު ކުރަން ލޯކަލް މިނިސްޓަރު އާދަމް ޝަރީފް އިލްތިމާސް ކުރައްވައިފި އެވެ.

މާދަމާ ރޯދަ ފެށޭތީ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށް ވާއިރު، ބަރަކާތްތެރި ރަމަޟާން މަހު، ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންނަށް ކެއިންބުއިމުގެ ޚިދުމަތް ދިނުމުގައި، ރާއްޖޭގައި އޮންނަ އިސްލާމީ ރިވެތި އާދަކާދަތަކާއި، ދީނީ އެއްބައިވަންތަކަމާއި އަދި އިސްލާމްދީނަށް ދިވެހިންކުރާ އިޙުތިރާމާއި، ޤަދަރާއި އިސްލާމީ ވަހުދަތު ދެމެހެއްޓުމަށް ބާރު ލިބޭނެ ގޮތަކަށް ކަންކަން އިންތިޒާމު ކުރެއްވުމަށް އެންމެހާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

އެގޮތުން، މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިސްޓުންނަށް ކެއިންބުއިމުގެ ޚިދުމަތް ދޭ އާންމުންނަށް ނުފެންނާނެ ފަދަ އިންތިޒާމެއްގެ ދަށުން އެ ޚިދުމަތް ދިނުމަށާއި މަގުތަކާއި، އާންމު ތަންތަނުގައި، ރަމަޟާން މަހުގެ ޙުރުމަތް ނުކެނޑޭ ގޮތަށް، ޓޫރިސްޓުން ޢަމަލުތައް ބެހެއްޓުމަށް ބާރު އަޅައިދީ ރަށްރަށުގައި ޓޫރިސްޓުންގެ ޢަމަލުތައް ބަހައްޓަންޖެ ހޭނެ ގޮތުގެ މަޢުލޫމާތު އެ މީހުންނާ ހިއްސާކޮށް ދިނުމަށް ވެސް މިނިސްޓަރު އެދިވަޑައިގެންފައިވެ އެވެ.

"ވީމާ ބަރަކާތްތެރި ރަމަޟާން މަހު، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިންނަށް ޚިދުމަތް ދެއްވާ އެންމެހާ ފަރާތްތަކުން، އިސްވެ ދެންނެވިފައިވާ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށާއި، ކައުންސިލްތަކުން އެ ކަންކަމަށް ފާރަވެރިވުމަށް އިލްތިމާސް ކުރަން. ބަޔާނުގައި ބުންޏެވެ.

ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ހިންގަމުން އަންނަ ގެސްޓްހައުސް ހިންގަމުން އަންނާތީ މިހާރު ވަރަށް ގިނަ ޓޫރިސްޓުންނަށް ރަށްރަށަށް ޗުއްޓީ އަށް ދެ އެވެ. ނަމަވެސް ބައެއް ރަށްރަށުގައި ޓޫރިސްޓުން ނިވާކަން ކުޑަކޮށް އުޅުން ފަދަ މައްސަލަތަކާ ހެދި އާންމުންގެ މެދުގައި ބޮޑުކަންބޮޑުވުމެއް އޮވެ އެވެ.

އެހެންވެ އެފަދަ ކަންކަން ހުއްޓުވަަން ފިޔަވަޅުތަކެއް އަޅައިދޭން ގޮވާލައި ދާދި ފަހުން ރައްޔިތުންގެ މަޖިލީހަށް ވަނީ ޕެޓިޝަނެއް ވެސް ހުށަހަޅައިފަ އެވެ.