ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ ޓްރެފިކް ފްލޯއަށް މިރެއިން ފެށިގެން ބަދަލުތައް ގެނައުމަށް ނިންމައިފި އެވެ.
އެމްއޭސީއެލް އިން ބުނީ މި ބަދަލަށް އަމަލުކުރަން ފަށާނީ މިރޭގެ 08:00 އިން ފެށިގެން ކަމަށެވެ.
މި ބަދަލާއެކު ޑޮމެސްޓިކް ޓާމިނަލްއަށް ފަސިންޖަރުން ގޮވައިގެން އަންނަ އުޅަނދުތަށް މަޑުކުރާނީ ކުރީގެ އިންޓަރނޭޝަނަލް ޓަރމިނަލް ކުރިމައްޗަށެވެ.
އަދި ކުރީގެ ޑޮމެސްޓިކް ޓާމިނަލްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ސަރަހައްދަށް އުޅަނދުތަށް މަޑުކުރުމާއި ފަސިންޖަރުން ބޭލުމަކީ މަނާ ކަމެއް ކަމަށް ބުނެފައިވެ އެވެ.
އެމްއޭސީއެލް އިން ބުނީ، ޑޮމެސްޓިކް ޓާމިނަލްއިން އަންނަ ފަސިންޖަރުން ޓެކްސީ ހޯދުމަށް ބޭނުންކުރާނީ ޓާމިނަލް 1 ގެ ޓެކްސީ ކިއު ކަމަށެވެ.
މި ބަދަލާއިއެކު އެއަރޕޯޓްގެ ބަސް ރޫޓްތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށްވެސް ވީއައިއޭއިން ބުނެފައިވެ އެވެ. އެހެންކަމުން، އެއަރޕޯޓްގެ ހިދުމަތް ހޯއްދަވާ ފަރާތްތަކުން މި ބަދަލުތަކަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފަ އެވެ.