Last Updated: June 7, 22:00
Monday, June 8, 2026
ޚަބަރު

ރައީސް، ބަންގްލަދޭޝްގެ އާ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު، ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމުގެ ހުވާ މިއަދު ކުރެއްވި ތާރިޤް ރަޙްމާނާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ ބަންގްލަދޭޝްގެ އާ ބޮޑުވަޒީރުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް މުއިއްޒު އެގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

އެ ބައްދަލު ކުރެއްވުމަށް ފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ ބޮޑުވަޒީރު ރަޙުމާނާއެކު ބޭއްވި ބައްދަލުވުމަކީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށާއި އެމަނިކުފާނަށާއި އެ ގައުމުގެ އައު ސަރުކާރަށް ހެޔޮއެދުންތައް އަރިސްކުރެއްވި ކަމަށެވެ. އަދި ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮތް ގާތް އަދި ރަޙުމަތްތެރި ގުޅުން ކުރިމަގުގައި އިތުރަށް ބަދަހިވެގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމުގެ ހުވާ މިއަދު ކުރެއްވި ތާރިގަކީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި އަވަހާރަވި އެގައުމުގެ ކުރީގެ ބޮޑުވަޒީރު ހާލިދާ ޒިއާގެ ދަރިކަލެކެވެ.

އަމިއްލަ އަށް އަރުވާލެވިގެން އިނގިރޭސިވިލާތުގައި ދިރިއުޅެމުން ގެންދަވާތާ 17 އަހަރު ފަހުން ތާރިގް، 60، އެނބުރި ބަންގްލަދޭޝް އަށް ވަޑައިގަތީ ޑިސެންބަރު 25 ގަ އެވެ. މަންމާފުޅު އާލާސްކަންފުޅާ ހޮސްޕިޓަލްގައި އެޑްމިޓް ކުރައްވާފައި އޮންނަވަނިކޮށް ތާރިގް އޭނަގެ އެނބުރިވަޑައިގަތް އިރު، ހާލިދާ އަވަހާރަވީ ޑިސެމްބަރު މަހުގެ 30 ގަ އެވެ.