Last Updated: June 5, 20:43
Friday, June 5, 2026
ޚަބަރު

އައްޑޫގެ 32 މިސްކިތެއްގައި ދަމުނަމާދު ކުރާނެ

ހިތަދޫގެ މިސްކިތެއް.

ކުރިއަށް އޮތް ރަމަޟާން މަހު އައްޑޫގެ ޖުމްލަ 32 މިސްކިތެއްގައި މުޅި ރޯދަ ދަމު ނަމާދު ކުރަން ހަމަޖެހިފައިވާ ކަމަށް ކައުންސިލުން ބުނެފި އެވެ.

ކައުންސިލުން މިއަދު ވަމި ވަކިވަކި އަވަށްތަކުގައި ދަމު ނަމާދު ކުރަން ހަމަޖެހިފައިވާ މިސްކިތްތަކުގެ މައުލޫމާތު ވެސް އާންމުކޮށްފަ އެވެ. މީގެ ތެރޭގައި ހިމެނެނީ ހިތަދޫގެ 18 މިސްކިތަކާއި ފޭދޫ ފަސް މިސްކިތަކާއި މަރަދޫގެ ތިން މިސްކިތަކާއި މީދޫގެ ހަތަރު މިސްކިތަކާއި ހުޅުދޫގެ މިސްކިތެއްގެ އިތުރުން މީދޫގެ މިސްކިތެކެވެ.

ކައުންސިލުން ބުނީ މީގެ ތެރެއިން ބައެއް މިސްކިތްތަކުގައި ދަމު ނަމާދު ކުރާނީ ހިފްޒުކޮށް ކަމަށެވެ. އަދި މުޅި ރަމަޟާން މަހު ދަމު ނަމާދު ކުރަން ހަމަޖެހިފައިވާ މިސްކިތްތައް ފިޔަވައި އެހެން މިސްކިތްތަކުގައި ދަމު ނަދާމު ކުރަން ފަށަން ނިންމާފައި ވަނީ ރަމަޟާން މަހުގެ 15 ވަނަ ރެއިން ފެށިގެންނެވެ.

ކަލަންޑަރުގައިވާ ގޮތުން މާދަމާ އަކީ މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ. ހަނދު ސާބިތުކޮށް އިސްލާމިކް މިނިސްޓްރީން މިރޭ އެކަން ރަސްމީކޮށް އިއުލާން ކުރާނެ އެވެ.