Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

ރޯދަ މަހު ބީއެމްއެލްއިން ހިދުމަތްދޭ ގަޑިތައް އާންމުކޮށްފި

ރޯދަ މަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިދުމަތްދޭ ގަޑިތައް އާންމުކޮށްފި އެވެ.

ބީއެމްއެލުން ބުނީ ރޯދަ މަހު އެ ބޭންކުގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ހުޅުވާފައި ހުންނާނީ ސަރުކާރު ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 9:30 އިން ފެށިގެން މެންދުރު 12:30 އަށް ކަމަށެވެ.

ރޯދަމަހުގެ ފަހު ދިހައެއްގައި ވެސް އެ ބޭންކުން ހިދުމަތް ދޭނެ ކަމަށާއި ނަމަވެސް ހިދުމަތް ދޭނެ ގަޑިތައް ފަހުން އިއުލާނު ކުރާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

އަދި ހުރިހާ ހިދުމަތެއް އޮންލައިންކޮށް ލިބޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.