Last Updated: June 5, 19:20
Friday, June 5, 2026
ރިޕޯޓް

ރޯދަ ރަހަ: ސްލޮޕީ ޖޯ

* ބޭނުންވާ ތަކެތި:

100 ގްރާމް ސްޕާޓާ ގްރައުންޑް ބީފް
1 މޭޒުމަތީ ސަމުސާ އަންސޯލްޓެޑް ބަޓަރު
2 މޭޒުމަތީ ސަމުސާ ކުދިކޮށް ގޮޅިކޮށް ކޮށާފައި ހުރި ފިޔާ
2 މޭޒުމަތީ ސަމުސާ ކުދިކޮށް ގޮޅިކޮށް ކޮށާފައި ހުރި ރަތް ބެލް ޕެޕާ
¼ ޖޯޑު ޓޮމާޓޯ ސޯސް
1 ސައިސަމުސާ ބްރައުން ޝުގާ
1 ސައިސަމުސާ މުގުރި ރާޅު މިރުސް
1/8 ސައިސަމުސާ ގާލިކް ޕައުޑާ
1/8 ސައިސަމުސާ މުގުރި އަސޭމިރުސް
1/8 ސައިސަމުސާ ލޮނު
1 ބޮޑު ބަނަސް

* ތައްޔާރު ކުރާނެ ގޮތް:

1. އެންމެ ފުރަތަމަ 100 ގްރާމް ސްޕާޓާ ގްރައުންޑް ބީފްގެ ގަޑު ފިލުވާލާށެވެ.
2. އެއަށް ފަހު، ތަވައެއްގައި 1 މޭޒުމަތީ ސަމުސާ އަންސޯލްޓެޑް ބަޓަރ 1 މިނެޓު ވަންދެން މަޑު ގިނީގައި ދިޔާކޮށްލާށެވެ. ދެން ގިނި ގަދަކޮށްލުމަށްފަހު ނަގާލި ބީފް ތަވާ ތެރެއަށް އަޅާލާށެވެ. އަދި ދޭފަތަކުން ބީފް ހަލަމުން، 1 މިނެޓު ވަންދެން ނޫނީ އޭގެ ކުލަ ބަދަލުވަންދެން ކައްކާލާށެވެ.
3. ދެން 2 މޭޒުމަތީ ސަމުސާ ކުދިކޮށް ގޮޅިކޮށް ކޮށާފައި ހުރި ފިޔާ އަދި 2 މޭޒުމަތީ ސަމުސާ ކުދިކޮށް ގޮޅިކޮށް ކޮށާފައި ހުރި ރަތް ބެލް ޕެޕަރ ތަވާ ތެރެއަށް އަޅާލުމަށްފު 1 މިނެޓު ވަންދެން ބީފް އާއި އެއްކުރަމުން ކައްކާލާށެވެ.
4. އެއަށްފަހު ¼ ޖޯޑު ޓޮމާޓޯ ސޯސް، 1 ސައިސަމުސާ ބްރައުން ޝުގަރ، 1 ސައިސަމުސާ މުގުރި ރާޅު މިރުސް، 1/8 ސައިސަމުސާ ގާލިކް ޕައުޑަރ، 1/8 ސައިސަމުސާ މުގުރި އަސޭމިރުސް، އަދި 1/8 ސައިސަމުސާ ލޮނު އަޅާލާށެވެ. އަދި ހުރިހާ އެއްޗެއް 2 މިނެޓު ވަންދެން އެއްކޮށްލާށެވެ. ދެން ބޯތަށްޓަކަށް ނަގާލާފައި ބަހައްޓާލާށެވެ.
5. އެއަށްފަހު، 1 ބޮޑު ބަނަސް ވަޅިއެއް ބޭނުންކޮށްގެން މެދުން ފަޅިކޮށްލާށެވެ. ދެން ކައްކާލި ބީފް ބަނަހުގެ ތިރީ ފަޅިއަށް އަޅާލުމަށްފަހު ބަނަހުގެ އަނެއްފަޅި އޭގެ މަތީގައި ބާއްވާށެވެ.

މިއާ އެއްކޮށް ޗިޕްސް ކަހަލަ އެއްޗެއް ކާލަން ވަރަށް ރަނގަޅުވާނެ އެވެ.

މަސްދަރު: ލޮނުމެދު.ކޮމް