ޖަލުތަކުގެ މިސްކިތްތަކުގައި، މި ރަމަޟާން މަހު ތަރާވީސް ނަމާދު ކުރަން ނިންމައި ހާފިޒުން ހަމަޖައްސައިފި އެވެ.
މިއީ މިފަދަ އިންތިޒާމެއް ޖަލު މިސްކިތްތަކުގައި ކަރެކްޝަނަލް ސާވް އިން ހަމަޖެއްސި ފުރަތަމަ ފަހަރެވެ.
އެތަނުން ބުނީ މިއީ ޖަލުތަކުގައި ތިބޭ މީހުންނަށް ދީނީ ކަންކަމަށް އިސްކަންދީ، އަޅުކަމުގެ ފުރުޞަތުތައް ފަހިކޮށް ދިނުމަށް ކުރިއަށް ގެންދާ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ޖަލުތަކުގެ މިސްކިތްތަކުގައި ރަސްމީ އުސޫލުން މި ފަހަރު ތަރާވީސް ނަމާދު ކުރެވޭނެ ކަމަށް ބުންޏެވެ.
ތަރާވީސް ނަމާދުގެ އިތުރުން، ޤައިދީންނާއި ބަންދުގައި ތިބޭ މީހުންނަށް އަމާޒުކޮށްގެން ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ސެޝަންތަކެއް ކުރިއަށް ގެންދަން ރާވާފައިވެ އެވެ.
އެ ސެޝަންތަކުގައި ދީނީ މައުލޫމާތު ފޯރުކޮށް ދިނުމާއި، ނަފްސާނީ އަދި ރޫހާނީ ދުޅަހެޔޮކަން އިތުރުކުރުމަށް މަސައްކަތް ކުރެވޭނެ އެވެ.