ރޯދަ މަހު ބާއްވާ އޮފީސްތަކުގެ މި އަހަރުގެ މުބާރާތް މި މަހުގެ 22 ގައި ފަށަން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތަކީ އޮފީސްތަކުގެ މުވައްޒަފުންގެ މެދުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބި ޖެއްސުމަށާއި، ވާދަވެރި މާހައުލެއްގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބި ޖެއްސުމަށް ހިތްވަރު ދިނުމުގެ ގޮތުން ބާއްވަމުން އަންނަ މުބާރާތެކެވެ.
މި މުބާރާތް ބާއްވަމުން އަންނަނީ 2016 އިން ފެށިގެންނެވެ.
މިނިސްޓްރީން ބުނީ މި އަހަރުގެ މުބާރާތުގައި 21 އިދާރާއަކުން 71 ބައިވެރިން ވާދުކުރާ ކަމަށެވެ. މުބާރާތުގެ ކިޔެވުން ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ސަލްމާން މިސްކިތުގެ ހޯލުގަ އެވެ.
މިދިޔަ އަހަރުން ފެށިގެން މި މުބާރާތް އިންތިޒާމު ކުރަމުން އަންނަނީ ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުންނެވެ. މި އަހަރުގެ އޮފީސްތަކުގެ ޤުރުއާން މުބާރާތުގައި 24 އޮފީހަކުން 94 މީހަކު ވާދަކުރި އެވެ.