Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ރޯދަ މަހު އޭއީއެޗްގެ ހިދުމަތްތަކުގެ ގަޑިތައް އާންމުކޮށްފި

މި ރޯދަ މަހުގެ ފުރަތަމަ 20 ދުވަހު އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ގެ ހިދުމަތްތައް ދޭނެ ގަޑިތައް އެތަނުން އާންމުކޮށްފި އެވެ.

ހޮސްޕިޓަލުން ބުނި ގޮތުގައި އޯޕީޑީގެ ހިދުމަތްތައް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 12:30 އަށް އަދި މެންދުރު ފަހު 1:00 އިން 3:00 އަށް ލިބޭނެ އެވެ.

އޯޕީޑީގެ ހުކުރި ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ދޭ ގޮތަށް ހަމަޖެއްސި ނަމަވެސް އެހެން ބައެއް ހިދުމަތްތައް ރޯދަ މަހުގެ 20 ދުވަހުގެ ތެރޭގައި ދެމުން އަންނަނީ ކަނޑައަޅާފައިވާ ހާއްސަ ދުވަސްތަކުގަ އެވެ.

އެކަމަކު ކޮންމެ ދުވަހަކު ވެސް ދެ ހިދުމަތެއް އޭއީއެޗުން ރޯދަ މަހު ވެސް ލިބޭނެ އެވެ. އެއީ ތެލަސީމިއާ ކުދިންނަށް ލޭ އެޅުމުގެ ހިދުމަތާއި ލޭ ހަދިޔާ ކުރަން ބޭނުންވާ މީހުންނަށް އެ ހިދުމަތް ފަހިކޮށް ދިނުމެވެ.