Last Updated: June 5, 20:43
Friday, June 5, 2026
މުނިފޫހިފިލުވުން

މި އަހަރުގެ ބަފްޓާގައި އާލިއާ ބައިވެރި ވަނީ

މި މަހު ބާއްވަން ހަމަޖެހިފައިވާ މި އަހަރުގެ ބަަފްޓާ (ބްރިޓިޝް އެކަޑެމީ ފިލްމު އެވޯޑްސް) ގައި އިންޑިއާގެ މަޝްހޫރު ބަތަލާ އާލިއާ ބަޓް ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި މަހުގެ 22 ގައި ލަންޑަނުގައި ބާއްވާ 79 ވަނަ ބަފްޓާ އެވޯޑްސްގައި އޭނަ ބައިވެރި ވާނީ އެވޯޑް ޕްރެޒެންޓްކޮށްދޭ މީހެއްގެ ހައިސިއްޔަތުންނެވެ. ހޮލީވުޑްގެ ވަރަށް ގިނަ ފަންނާނުން އެވޯޑްތައް ޕްރެޒެންޓްކޮށްދޭން ހަމަޖެހިފައިވެ އެވެ. އޭގެ ތެރޭގައި ކިލިއަން މާފީ، ކޭޓް ހަޑްސަން، މައިކަލް ބީ ޖޯޑަން، އީތަން ހޯކްގެ އިތުރުން ވެސް މަޝްހޫރު އެތައް ފަންނާނެއް ހިމެނެ އެވެ.

ބަފްޓާގައި އާލިއާ ބައިވެރިވާ އިރު، އޭނަ އަކީ ހޮލީވުޑްގެ ފިލްމެއް ވެސް ކުޅެފައިވާ ބަތަލާއެކެވެ. އެއީ ޑައިރެކްޓަރު ޓޮމް ހާޕާ 2023 ގައި ގެނެސްދިން ސްޕައި އެކްޝަން ތުރިލާ "ހާޓް އޮފް ސްޓޯން" އެވެ. އޭގެ ކާސްޓްގައި މަޝްހޫރު ތަރިން ކަމަށްވާ ގަލް ގެޑޯ އާއި ޖޭމްސް ޑޯނަން ވެސް ހިމެނެ އެވެ.

ބޮލީވުޑްގެ މިހާރުގެ އެންމެ ނުފޫޒު ގަދަ ބަތަލާއިންގެ ތެރޭގައި ހިމެނޭ އާލިއާގެ ދެ ފިލްމެއް ކުރިއަށް އެބައޮތެވެ. އެއީ "އަލްފާ" އާއި "ލަވް އެންޑް ވޯ" އެވެ.

މަޝްހޫރު އެކްޓަރު ރަންބީރް ކަޕޫރްގެ އަންހެނުންގެ އެންމެ ފަހުގެ ފިލްމަކީ 2024 ގެ ޖިގްރާ އެވެ.