ކުރިފްރެޝްގެ ނަމުގައި ދިވެހި އުފެއްދުންތަކުގެ ބްރޭންޑެއް ތައާރަފުކޮށް، އެކަމަށް ހާއްސަ ފިހާރައެއް ވެސް މާލޭގައި ހުޅުވައިފި އެވެ.
ކުރިފްރެޝް ބްރޭންޑަކީ ރާއްޖޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ސިމްޑީ ގްރޫޕުން ތައާރަފުކުރި ބްރޭންޑެކެވެ. އެ ކުންފުންޏަކީ ކުރީގެ ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާގެ އާއިލީ ކުންފުންޏެވެ.
ސިމްޑީން ބުނީ ކުރިފްރެޝް އަކީ ސިމްޑީ ގްރޫޕުން ށ. އޭކަސްދޫގައި ހިންގާ ދަނޑުވެރިކަމުގެ މަޝްރޫއުގެ ދަށުން އުފައްދާ ފެންވަރު ރަނގަޅު، ތާޒާ މޭވާ އާއި ތަރުކާރީ ވިއްކަން ހާއްސަ ބްރޭންޑެކެވެ. އެގޮތުން ކުރިފްރެޝް ފިހާރަ އިން އާންމު ގޭބިސީތަކަށާއި، ރިސޯޓުތަކަށާއި، ރެސްޓޯރަންޓް ފަދަ ހޮސްޕިޓާލިޓީ ދާއިރާގެ ވިޔަފާރިތަކަށް ފަސޭހައިން އެ ބާވަތްތައް ދެމެހެއްޓެނިވި ގޮތަކަށް ލިބޭނެ ކަމަށް ސިމްޑީން ބުންޏެވެ.
އެ ކުންފުނިން ބުނި ގޮތުގައި ކުރިފްރެޝް ބްރޭންޑަކީ ބޭރު ގައުމުތަކުން ފެންނަ ފަދަ މަތީ ފަންތީގެ ދަނޑުވެރިކަމުގެ އުފެއްދުންތައް ރާއްޖޭގައި އުފައްދައި ބާޒާރަށް ނެރުމުގެ މަގުސަދުގައި ފެށި މަސައްކަތެކެވެ. އެގޮތުން މިއީ މިއީ ގްރޫޕުގެ ޗެއާމަން ޝަކީލާގެ ފިރިކަލުން އިބްރާހީމް މުހައްމަދުދީދީ އާއި ޝަކީލާގެ ދުރުވިސްނުމުގެ ދަށުން، ރާއްޖޭގެ ދަނޑުވެރިކަން ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ކާނާގެ ރައްކާތެރިކަން ކަށަވަ ރުކުރުމަށް ފެށި މަޝްރޫއެއް ކަމަށް ވެސް ސިމްޑީން ބުންޏެވެ.
ކުރިފްރެޝް އިން ލިބޭނެ ބާވަތްތަކުގެ ތެރޭގައި ފަތްކެޔޮ، ފަޅޯ (ރެޑް ލޭޑީ އަދި ހޮލެންޑް)، ކަރާ، ބަރަބޯ، ބަށި، ތަފާތު ކުލަކުލައިގެ ކެޕްސިކަމް، ބީފްސްޓީކް ޓޮމާޓޯ، ޗެރީ ޓޮމާޓޯ، ކިއުކަމްބާ، ލެޓިއުސްގެ ވައްތަރުތައް، ތައި ބެސިލް، މިންޓް، ކޮރިއަންޑާ (ކޮތަންބިރި ފަތް)، ރޯސްމޭރީ، ލެމަންގްރާސް ހިމެނެ އެވެ.
ކުރިފްރެޝް ފިހާރަ ހުންނަނީ ހ. ޝެލްފްލާވާގަ އެވެ.