Last Updated: June 5, 20:43
Friday, June 5, 2026
މުނިފޫހިފިލުވުން

'ކެޕްޓަން އިންޑިއާ' ގެ ޝޫޓިން އަހަރުުގެ މެދުތެރެއަށް

މީގެ ފަސް އަހަރު ކުރިން އިއުލާންކުރި ކާތިކް އާރިއަންގެ ފިލްމު 'ކެޕްޓަން އިންޑިއާ' ގެ މަސައްކަތް އެހެން ޑައިރެކްޓަރަކާ އެކު ފަށަން ތައްތާރީތައްވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ފިލްމަކީ ކުރިން ރޯނީ ސްކްރޫވާލާ އާއި ހަރްމަން ބަވާޖޭ ގުޅިގެން ޕްރޮޑިއުސްކޮށް، ހެންސަލް މެހެތާ ޑައިރެކްޓްކުރާ ގޮތަށް އިއުލާންކުރި ފިލްމެކެވެ.

އެގޮތުން ޖުލައި 23، 2021 ގައި 'ކެޕްޓަން އިންޑިއާ' ގެ ފަސްޓްލުކް ޕޯސްޓަރެއް ވެސް ދައްކައިލި އެވެ.

ނަމަވެސް އެކިއެކި ސަބަބުތަކާ ހެދި މި ފިލްމުގެ އެއްވެސް މަސައްކަތެއް ނުކުރެވި ދިގުލައިގެން ގޮސްފައި އޮތުމަށް ފަހު، އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުން މިހާރު އެ ފިލްމު ހަދަން އުޅެނީ ހަރްމަން އާއި ބުޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެންނެވެ. މި އަހަރުގެ މެދު ތެރޭގައި ޝޫޓިން ފަށަން ޕްލޭންކޮށްފައިވާ 'ކެޕްޓަން އިންޑިއާ' ޑައިރެކްޓް ކުރަން ޝިމިތު އަމީން އަށް ހުށަހަޅާފައިވާ ކަމަށް މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި މީޑިއާތަކުން ބުނެފައިވެ އެވެ.

ޝިމިތު އަކީ ޝާހްރުކް ޚާންގެ ވަރަށް ކާމިޔާު ފިލްމެއް ކަމަށްވާ 2007 ގެ 'ޗަކް ދޭ އިންޑިއާ' ގެނެސްދިން ޑައިރެކްޓަރެވެ. ޝިމިތުގެ އެންމެ ފަހުގެ ފިލްމަކީ ރަންބީރް ކަޕޫރްގެ 2009 ގެ 'ރޮކެޓް ސިންގް: ސޭލްސްމަން އޮފް ދި އިޔާ' އެވެ.

'ކެޕްޓަން އިންޑިއާ' ގެ ވާހަކަ އަލުން ދެކެވެން ފެށި އިރު، ކާތިކް މިހާރު އަންނަނި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ކްރީޗާ ތުރިލާ 'ނާގްޒިއްލާ' ގެ މަސައްކަތް ކުރަމުންނެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ އެ ސްޓޫޑިއޯ އިން މިދިޔަ ޑިސެމްބަރުގައި ގެނެސްދިން ރޮމޭންޓިކް ކޮމެޑީ "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" އެވެ.