Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

އުރީދޫގެ އަހަރީ އާންމު ޖަލްސާ މާޗް 4 ގައި

އުރީދޫ މޯލްޑިވްސްއިން އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ 4 ގައި ބާއްވަން ނިންމައިފި އެވެ.

އެ ޖަލްސާ އޮޮންނާނީ މާޗް 4 ވަނަ ދުވަހުގެ ރޭ 9:30ގައި ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓާސްގަ އެވެ.

އުރީދޫން ބުނީ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ރަޖިސްޓާވާ ފަރާތްތަކަށް އޮންލައިންކޮށް ނުވަތަ ޖަލްސާ ބާއްވާ އުރީދޫ މޯލްޑިވްސް ހެޑްކުއާޓާސްއަށް ހާޒިރުވެގެން ބައިވެރިވެވޭނެ ކަމަށެވެ. އަދި ޖަލްސާ ބާއްވާ ތަނަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓާކޮށްފައިވާ ފަރާތްތަކަށް ޖަލްސާގައި ބައިވެރިވެވޭނީ އުރީދޫ މޯލްޑިވްސް ހެޑްކުއާޓާސްއިންނެވެ.

ޖަލްސާގައި އޮންލައިންކޮށް ބައިވެރިވެވޭނީ މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއެސްޑީ) ގެ އޮންލައިން ޖެނެރަލް މީޓިން މެނޭޖްމަންޓް ސިސްޓަމް ކަމުގައިވާ "ފަހިވޯޓު" މެދުވެރިކޮށެވެ.

އުރީދޫ އިން ބުނީ އެ ކުންފުނީގެ ހެޑްކުއާޓާސްއަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ 128 ހިއްސާދާރުންނަށް ކަމަށެވެ.

ޖަލްސާގައި މިދިޔަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރުމާއި 2025 ގައި ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓު ފާސްކުރުން ހިމެނެ އެވެ.

މީގެ އިތުރުން މި އަހަރަށް އޮޑިޓަރުން އައްޔަންކޮށް، އޮޑިޓަރުންގެ އުޖޫރަ ކަނޑައަޅައި ފާސްކުރުމާއި 2025 ގެ ޑިވިޑެންޑުގެ ގޮތުގައި ބަހާނެ ފައިސާ ކަނޑައަޅައި ފާސްކުރުމާއި ޑިރެކްޓަރުންގެ ބޯޑަށް ޑިރެކްޓަރުން އަލުން އިންތިހާބުކުރުން ހިމެނެ އެވެ.