Last Updated: June 5, 06:06
Friday, June 5, 2026
ޚަބަރު

ކުޑަހުވަދޫގައި ބަނގުރާތަކެއް ނައްތާލައިފި

ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފި އެވެ.

އިއްޔެ ނައްތައިލީ 126 ފުޅި ބަނގުރަލާއި 122 ދަޅު ބިޔަރެވެ. މި ތަކެއްޗަކީ މިދިޔަ ޑިސެމްބަރު 31 އިން މި މަހުގެ 15 އާ ހަމައަށް، ދާލު އެއާޕޯޓުން ފުރަން ދިޔަ ޓޫރިސްޓުންގެ އަތުން ހިފަހައްޓާފައިވާ ތަކެތި ކަމަށް ފުލުހުން ބުންޏެވެ.

އެ ތަކެތި ނައްތައިލީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުންނެވެ.