Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ޕީޕަލްސް ޗޮއިސްގެ އާ ފިހާރައެއް ހުޅުމާލެ އަށް

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އާ ފިހާރައެއް ހުޅުމާލެ ފޭސް އެކެއްގައި ހުޅުވައިފި އެވެ.

ރޭ ބޭއްވި ރަސްމިއްޔާތުގައި އެތަން ހުޅުވައި ދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އެރަސްމިއްޔާތުގައި އެސްޓީއޯގެ ސީއީއޯ/މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް އާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ބައިވެރިވެ ވަޑައިގެންނެވި އެވެ.

އެސްޓީއޯގެ މި އާ ފިހާރަ ހުޅުވީ ރޯދަމަހާ ދިމާކޮށް ރައްޔިތުންނަށް ބޭނުންވާ މުދާ ފަސޭހަކަ މާއެކު ފޯރުކޮށް ދިނުމުގެ މަގުސަދުގައި ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އެސްޓީއޯ އިން ބުނެފައި ވަނީ ކާޑުގެ ބާވަތްތަކުގެ އިތުރުން އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި 23 ބާވަތްތައް ވެސް އާ ފިހާރައިން ލިބެން ހުންނާނެ ކަމަށެވެ. މީގެ އިތުރުން އެސްޓީއޯ އިން އެތެރެކޮށް ވިއްކާ ހޯމް އިމްޕްރޫވްމަންޓް ސާމާނު ވެސް ލިބެން ހުންނާނެ އެވެ.