Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ގަވަނަރުގެ އެޑްވައިޒަރުންގެ މަގާމު އުވާލައިފި

ގަވަރުނަރު މުނައްވަރު.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރުގެ އެޑްވައިޒަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުން މަގާމުން ވަކިކޮށް، އެ މަގާމު އުވާލައިފި އެވެ.

ގަވަރުނަރު އަހްމަދު މުނައްވަރުގެ އެޑްވައިޒަރުންގެ މަގާމުގައި ތިން ބޭފުޅަކު ތިއްބެވ އެވެ. އެއީ މަރިޔަމް ހުސެންދީދީ އާއިި އިދުހާމް ހުސައިންގެ އިތުރުން މަރިޔަމް ޝިފާ އެވެ.

މިކަމާ ގުޅޭ ގޮތުން މަރުކަޒީ ބޭންކުން ރަސްމީކޮށް ވަކި އެެއްޗެއް ނުބުނި ނަމަވެސް އެތަނުގެ އޮފިޝަލަކާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނީ އެޑްވައިޒަރުންގެ ބޯޑު އުވާލަން ނިންމީ ގަވަރުނަރަށް ދޭން ޖެހޭ ލަފާ އެ ބޭފުޅުންނަށް އެންމެ އެދެވޭ ގޮތެއްގައި ނުދެވޭތީ ކަމަށެވެ.

އެހެންވެ އެއީ މި ވަގުތަށް އެމްއެމްއޭ އަށް މުހިންމު މަގާމުތަކެއް ކަމަށް ނުފެންނާތީ އެޑްވައިޒަރުންގެ މަގާމު އުވައިލީ ކަމަށެވެ. އެ މަގާމު އުވައިލި އިރު، އެ މަގާމުތަކަށް އަހަރަކު 2.4 މިލިއަން ރުފިޔާ ހަރަދުވެ އެވެ.
.