Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ދަނޑުވެރިންގެ ވަގުތީ މާރުކޭޓު ހުޅުވައިފި

ރަމަޟާން މަހަށް ހާއްސަކޮށްގެން މާލޭގައި ޤާއިމްކުރި ވަގުތީ މާރުކެޓް ހުޅުވައިފި އެވެ.

މި މާރުކޭޓަކީ ރޯދަ މަހަށް އުފައްދާފައިވާ ދަނޑުވެރިކަމުގެ ބާވަތްތައް ވިއްކުމަށްޓަކައި މާލެ އަންނަ ދަތުރުވެރިންނަށް އަމާޒުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ މާރުކޭޓެކެވެ.

މާރުކޭޓުގައި ތަކެތި ވިއްކުމަށް ހަމަޖެހިފައިވަނީ، ހެނދުނު 8:00 ފެށިގެން ހަވީރު 5:00 ޖެހުމާ ހަމައަށެވެ. އަދި ރޭގަނޑު 9:00 އިން 11:00 އާ ހަމައަށްވެސް މިތަން ހުޅުވިފައި ހުންނާނެކަމަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބުނެފައިވެ އެވެ.

މި މާރުކޭޓުގައި ޖުމްލަ 7 ރަށަކުންވަނީ ބައިވެރިވެފަ އެވެ. އޭގެތެރޭގައި ދަނޑުވެރި ކަމަށް މަޝްހޫރު ރަށްތައް ކަމުގައިވާ ށ. ގޮއިދޫ، ގއ. ނިލަންދޫ އަދި ތ. ކަނޑޫދޫ ފަދަ ރަށްތައް ހިމެނޭ ކަމަށް ދަނޑުވެރިކަމާބެހޭ ވުޒާރާއިން ވަނީ ބުނެފަ އެވެ.

ދަނޑުވެރިކަމާބެހޭ ވުޒާރާއިން ބުނީ މި މާރުކޭޓުން މޯލްޑިވްސް ފުޑް އެގްރިކަލްޗަރަލް ޕްރެކްޓިސެސް، (އެމްގެޕް ސެޓިފައިޑް) ވެފައިވާ 10 ދަނޑުގެ އުފެއްދުންތައް ލިބޭނެ ކަމަށެވެ.