Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

ރައީސް ބަންގްލަދޭޝް އިން ވަޑައިގެންފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ބަންގްލަދޭޝް އަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެންފި އެވެ.

ރައީސް މުއިއްޒު ބަންގްލަދޭޝް އަށް ކުރެއްވި ދަތުރުފުޅަކީ އެ ޤައުމުގެ އައު ސަރުކާރު ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި، ރައީސް ވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި ތާރިޤް ރަޙްމާނާއި ވެސް ބައްދަލުކުރައްވާފަ އެވެ.

ރާއްޖެއާއި ބަންގްލަދޭޝް އާއި ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރެވުނީ 22 ސެޕްޓެންބަރު 1978 ގައެވެ.