Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ރޯދަމަހު 19 މިސްކިތެއް ހުޅުވަނީ

މި ރޯދަމަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ 19 މިސްކިތެއް ހުޅުވިގެން ދާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.

މީޑިއާތަކާ ހިއްސާކުރެއްވި މެސެޖެއްގައި ޝަހީމް ވިދާޅުވީ, ރޯދަ މަހަށް ސަލްމާން މިސްކިތުގެ އޭސީ މައްސަލަ ހައްލުކޮށް، 15 މިސްކިތް ހުޅުވައިފައިވާ ކަމަށެވެ.

އަދި މި ރޯދަ މަސް ތެރޭ ވެސް ބައެއް މިސްކިތް ހުޅުވާނެ ކަމަށާއި، ޖުމްލަ 19 މިސްކިތް ހުޅުވާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ. އޭގެ ތެރޭގައި އަމިއްލަ ފަރާތްތަކާއި ސަރުކާރުން ބިނާކުރި މިސްކިތްތައް ހިމެނޭނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

މީގެ އިތުރުން، މާލޭގައި 800 މީހުންނަށް ވުރެ ގިނަ މީހުން ނަމާދުކުރާ މިސްކިތްތަކުގެ، ފިރިހެނުންނާއި އަންހެނުންގެ ނަމާދުކުރާ ބައިތައް އޭސީކޮށް ނިންމައިފައިވާކަން ވެސް ޝަހީމް ފާހަގަކުރެއްވި އެވެ.