Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

ރައީސް މައުމޫންގެ ކޮއްކޯފުޅު އަވަހާރަވެއްޖެ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ކޮއްކޯފުޅު މަމްނޫން އަބްދުލްގައްޔޫމް އަވަހާރަވެއްޖެ އެވެ.

ކުއްލިގޮތަކަށް މަމްނޫން އަވަހާރަވީ ރޭގެ ވަގުތެއްގަ އެވެ. އަވަހާރަވިއިރު އުމުރުފުޅުން 68 އަހަރެވެ.

މަމްނޫން އަވަހާރަވުމާއި ގުޅިގެން ރައީސް މައުމޫނާއި ރައީސް އަބްދުﷲ ޔާމީން ވެސް ރޭ ވަނީ ހޮސްޕިޓަލަށް ވަޑައިގެންފަ އެވެ. މަމްނޫނަކީ ޔާމީންގެ އެއްބަނޑުއެއްބަފާ ބޭބޭފުޅުވެސް މެ އެވެ.