* ބޭނުންވާ ތަކެތި:
280 ގްރާމް ކަދުރު (އޮށް ނަގައި ކޮށާފައި)
1 ސައިސަމުސާ ބޭކިން ސޮޑާ
1 ޖޯޑު ހޫނު ފެން
40 ގްރާމް ބްރައުން ޝުގާ
80 ގްރާމް އަންސޮލްޓެޑް ބަޓަރު
2 ބިސް
1 އަދި 1/4 ޖޯޑު ފުށް
1 އަދި 1/2 ސައިސަމުސާ ބޭކިން ޕައުޑަރު
ބަޓާ ސްކޮޗް ސޯސް ހެދުމަށް:
200 ގްރާމް ބްރައުން ޝުގާ
375 އެމްއެލް ހެވީ ކްރީމް
1/2 ސައިސަމުސާ ވެނިލާ އެސެންސް
70 ގްރާމް އަންސޮލްޓެޑް ބަޓަރު
ސާވްކުރަން ވެނީލާ އައިސްކްރީމް
* ތައްޔާރު ކުރާނެ ގޮތް:
ފުރަތަމަ 180 ޑިގްރީ އަށް އަވަން ހޫނު ކުރާށެވެ. ދެން ޓްރޭއެއްގައި ބަޓަރު ހާކާފައި ބަހައްޓާށެވެ. ދެން ބޯތާއްޓެއްގައި ކަދުރުތަކަށް ހޫނުފެން އަޅައި އޭގެ މައްޗަށް ބޭކިން ސޯޑާ އަޅާށެވެ. ދިހަ މިނެޓް ވަންދެން އެ ފެނުގައި ބަހައްޓާލާށެވެ. މިގޮތަށް ހެދުމުން ހުންނާނީ ބަތްޕެންގަނޑެއް ހެންނެވެ.
ކޭކު ގިރުމަށް ބަޓަރާއި ހަކުރު ބޯތައްޓަކަށް އަޅައިގެން ރަނގަަޅަށް އެއްކުރާށެވެ. އެއަށް ފަހު ބިސް އަޅައި އެއްކޮށްލާށެވެ. ފުށާއި ބޭކިން ޕައުޑަރު އަޅައި އެއްކޮށްލާށެވެ. އެންމެ ފަހުން ކަދުރުއެތި އަޅާފައި އަނެއްކާވެސް އެއްކޮށްލާށެވެ. ތައްޔާރު ކުރި ޓްރޭއަށް ބެޓާ އަޅާފައި އަވަނަށް ލައި 35 މިނެޓު ވަންދެން ފިހާށެވެ. ފިހެވުމުން، ބާބެކިއު ސްކިވާ/ ޓޫތުޕިކަކުން މުޅި ޕުޑިންގައި ލޯވަޅު އަޅާށެވެ.
އެއަށް ފަހު ބަޓާސްކޮޗް ސޯސް ތައްޔާރު ކުރުމަށް ފަހު ޕުޑިން މައްޗަށް އަޅައި 10 މިނެޓު ފޯ ކުރަން ބަހައްޓާށެވެ. ބަޓާސްކޮޗް ސޯސް ތައްޔާރު ކުރުމަށް ބޭނުންވާ ހުރިހާ އެއްޗެއް ތަވައަކަށް އަޅާފައި އުނދުންމައްޗަށް އުދައި މެދު މިނުގައި ހުޅު ބަހައްޓާށެވެ. ބަޓަރު ދިޔާވެ ހުރިހާ އެއްޗެއްް ރަނގަޅަށް އެއްވުމުން އޮލަކޮށްލަން ދެ މިނެޓު ވަރު ބަހައްޓާލާށެވެ.
ބަޓާސްކޮޗް ސޯސް އެޅުމަށް ފަހު ޕުޑިން ފޮތިކޮށްފައި މައްޗަށް ވެނިލާ އައިސް ކްރީމް އެޅުމުން އެ ހުރީ ޑޭޓް ޕުޑިން ތައްޔާރުކޮށް ނިމިފަ އެވެ.