Last Updated: July 13, 06:07
Monday, July 13, 2026
ޚަބަރު

ފޭސް ދޭއްގައި އައުޓްޑޯ ޖިމެއް ހުޅުވައިފި

ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބާރުއެޅުމުގެ ގޮތުން، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގެ ފޭސް ދޭއްގައި އައުޓްޑޯ ޖިމެއް ހުޅުވައިފި އެވެ.

އެތަން އިއްޔެ ހަވީރު ހުޅުވައި ދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަލީ ޒުހައިރެވެ.

އެ ޖިމް ގާއިމްކޮށްފަ އިވަނީ ހުޅުމާލެ ފޭސް 2 ގެ ޖިމް ޕާކުގަ (ޓާފް ދަނޑު ކައިރި) އެވެ. އެތަނުގައި ކަސްރަތު ކުރުމަށް ބޭނުންކުރާ 22 ބާވަތެއްގެ އައުޓްޑޯ އިކުއިޕްމަންޓް ބަހައްޓާފައިވެ އެވެ.

މިއީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމެއް އަށަގަންނުވައި ދުޅަހެޔޮ މުޖްތަމައުއެއް ބިނާކުރުމަށް ކުރިއަށްގެންދިޔަ މުހިންމު މަސައްކަތެއްކަން އެޗްޑީސީން ބުންޏެވެ.